logo
Bank of Maldives

Bank of Maldives

ޚަބަރު

އިރުވައިހަޅައިގެ ފުރަހަޅަ މާދަމާ ލައިގަންނާނެ!

ޒިދާން މުޙައްމަދު
22 ޑިސެމްބަރު 2025 - 10:23
މޫސުން ގޯސްވުން
މޫސުން ގޯސްވުން

އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނިމި 'ފުރަހަޅަ' މާދަމާ ލައިގަންނާނެއެވެ.

އިރުވައިގެން ދެވަނަ ނަކަތް ފުރަހަޅަ ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 23 އިން ޖެނުއަރީމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 14 ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.
ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 8 ނަކަތް އެބައޮތެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް - މެޓް އޮފީހުން އެދެއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ނިމުތުކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން އިންޒާރުކުރެއެވެ.

ދެ މޫސުން ބެދޭ ހުޅަނގުގެ "ދޮށަ" އާއި އިރުވައިގެ "މުލަ" ނަކަތް ނިމި މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އިރުވައިގެ ހަޅަ ރަސްމީކޮށް ލައިގަންނަ ފުރަހަޅަ އޮތީއެވެ.

ހަޅަ ފަށަނީ ފުރަހަޅައިގެ މެދާ ހަމައިން އުތުރު ހަޅައިގެ ނިޔަލަށް ނުވަތަ ހުވަން ނަކަތުގެ ފެށުމުން ނެއްޓި މެދާ ހަމަށް ދެމޭ ދުވަސްތަކެވެ. ނުވަތަ ޖަނަވަރީން 25، 26 ވަނަ ދުވަހާ ހަމައަށެވެ.

ސަރަހައްދުގައި އުފެދޭ ތޫފާނެއް، ނުވަތަ ރާއްޖެ މަތީގައި އުފެދޭ ބޯ ވިލާގެ ކޮޅިގަނޑުތަކެއް ހިމެނޭ އެކުވުމެއްގައި އަންނަ މޫސުމީ ބޮޑު ބަދަލަކާ ކުރިމަތި ނުވެ، އާންމު ހާލަތެއްގައި ރާއްޖޭގެ މޫސުމަށް އަންނަ އިރުވައިހަޅައިގެ ވިލާގަނޑާއެކު މާ ވައި ބާރު ނޫން އެކަމަކު ވާރޭ ބޯ ގަދަ ކޮޅިގަނޑުތައް އާދެއެވެ. މައިގަނޑު ގޮތެއްގައި ވައި ހުންނާނީ އިރުމަތީ ފަރާތާއި ހުޅަނގަށް ބަދަލު ވޭވެއެވެ. ބައެއް ފަހަރަށް ސީދާ މުރިނގާއި ޖައުޒާ ގައި ވެސް ވައި ހުންނާނެއެވެ.

އެކަމަކު ވަރަށް ގިނަ ފަހަރަށް ދިޔަވަރު ފޫދޭން ދާ ގަޑިތަކުގައި ރޯޅި އިރު އުތުރަށް ބަދަލުވެއެވެ. ދުނިޔޭގެ ދެކުނާއި އިރުމަތީން ބައިކޮށް އިރުމަތީ ބިތް، ނުވަތަ ސަމުގާގެ އީރާނަށް ބަދަލުވެއެވެ. އެ ހާލަތުގެ ބޯ ކެރިގަނޑުގައި ގަސްގަހާގެހި މުލުން ލުހިގެން އައުމަކީ އެކަށީގެންވާ ކަމެވެ.

އިރުވައި ހަޅައިގެ އެންމެ ބާރުގަދަ ހިސާބަކީ ޑިސެމްބަރު 23 އިން ފެށިގެން އުތުރުހަޅަ ނިމޭން ދެނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރުވައިހަޅައިގެ ފުރަހަޅަ މާދަމާ ލައިގަންނާނެ!ޚަބަރު | 2 ގަޑިއިރު ކުރިންކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އެދިއްޖެޚަބަރު | ދުވަހެއް ކުރިންފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންމުޅި ރާއްޖެއަށް މޫސުން ގޯސް؛ ކަނޑުތައް ގަދަވާނެޚަބަރު | 2 ދުވަސް ކުރިން