logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަށް ނައްތާލައިފި

އައިޝަތު ނަޝާ
24 ޑިސެމްބަރު 2025 - 08:11
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަށް ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ވޭޕް/ އީ-ސިގިރޭޓްގެ އެއްވެސް މުޢާމަލާތެއްކުރުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު، ރައީސް ޑރ. މުޢިއްޒު ތަޞްދީޤުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއާއެކު އެމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް/ އީ-ސިގިރޭޓް އެތެރެކުރުން މަނާކޮށް، 15 ޑިސެމްބަރު 2024 ހުން ފެށިން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން މަނާވެގެންދިޔައެވެ.

އަދި މިއަހަރުގެ ފެބްރުއަރީ މަހުފެ 13 ވަނަ ދުވަހުން ފެށިގެން މިފަދަ ތަކެތި ގެންގުޅޭ މީހުން އަތުން އެތަކެތި އަތުލުމުގެ ބާރު، ތަންފީޒީ އިދާރާތަކަށް ދެވިގެންދިޔައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 8 އަށް!ޚަބަރު | 27 މިނިޓު ކުރިންމަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަށް ނައްތާލައިފިޚަބަރު | 3 ގަޑިއިރު ކުރިންރިވެލި އޮޕަރޭޝަން މިރޭ ފަަށަނީޚަބަރު | 4 ގަޑިއިރު ކުރިން