logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 8 އަށް!

އިސްމާޢިލް ރާތިޢު
24 ޑިސެމްބަރު 2025 - 11:12
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 8 އަށް!

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ.

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި  މި އޮޕަރޭޝަންތަކުގައި މާލޭގެ ހަތް އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ) އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) އާއި ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ) އާއި މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ) އާއި މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ) އާއި މއ. އައިރީ / މާލެ، ޢަލީ އީވާން (43އ) އާއި އެތުމާގެ / ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ) އެވެ.

2_a39cea8456.png

މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) 5 ދުވަހަށް އަދި ދެންތިބި 7 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު އަހަރާ ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިޚަބަރު | 44 މިނިޓު ކުރިންމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 8 އަށް!ޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަށް ނައްތާލައިފިޚަބަރު | 5 ގަޑިއިރު ކުރިން