logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ޑްރަގު އޮޕަރޭޝަންތައް: 137 ބިދޭސީއަކު ޑީޕޯޓްކުރުމަށް ހަވާލުކޮށް، 301 މީހަކު ފަރުވާއަށް އެންޑީއޭ އާ ހަވާލުކޮށްފި

އާމިނަތު ޝަފާ
24 ޑިސެމްބަރު 2025 - 13:36
ޑްރަގު އޮޕަރޭޝަންތައް: 137 ބިދޭސީއަކު ޑީޕޯޓްކުރުމަށް ހަވާލުކޮށް، 301 މީހަކު ފަރުވާއަށް އެންޑީއޭ އާ ހަވާލުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް   137 ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށް, އަދި ފަރުވާއަށް 301 މީހަކު އެންޑީއޭ އާ ހަވާލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ފުލުހުން ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 188 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން 997 މީހުން ހައްޔަރުކޮށް، މަސްތުވާތަކެތި ބޭނުންކުރާ 11 ތަނެއް ބަންދުކޮށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އަދި މި މުއްދަތުގެ ތެރޭގައި، 16,024 މީހުން ބަލައިފާސްކޮށްފައިވާއިރު، 137 ބިދޭސީއަކު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި ފަރުވާއަށް 301 މީހަކު ވަނީ އެންޑީއޭ އާ ހަވާލުކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ނާކޮޓިކްސް ޑިޓެންޝަން އޮތޯރިޓީގެ ދަށުން 301 މީހުން ރިހެބިލިޓޭޝަނަށް ފޮނުވުމަށް ރިމާންޑްކުރެވިފައިވެއެވެ. އަދި 137 ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވައިލުމުގެ މަރުހަލާގައި އިމިގްރޭޝަނާ ހަވާލުކުރެވިފައިވެއެވެ. މުޅި އަހަރުގެ ތެރޭގައި ޖުމުލަ 648 މައްސަލަ ތަހުގީގުކޮށްފައިވާއިރު، މީގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 335 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން"އޮޕަރޭޝަން އަލިމަގު" ފަދަ ހާއްސަ އިނިޝިއޭޓިވްތަކާއި، އަތޮޅުތެރޭގައި ރާވައިގެން ހިންގުނު އޮޕަރޭޝަންތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން މި ބައްދަލުވުުގައި ފާހަގަކުރެއްވިއެވެ.

އަދި މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވި، އެކި އަތޮޅުތަކުން މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފު ބަނގުރާ ހިފެހެއްޓިފައިވާއިރު، މުޖުތަމައުތަކުގެ ތެރޭގައި މަސްތުވާތަކެތި ދައުރުކުރުން ދަށްކުރެވިފައިވާކަން ހާމަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގު އޮޕަރޭޝަންތައް: 137 ބިދޭސީއަކު ޑީޕޯޓްކުރުމަށް ހަވާލުކޮށް، 301 މީހަކު ފަރުވާއަށް އެންޑީއޭ އާ ހަވާލުކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންއައު އަހަރާ ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 8 އަށް!ޚަބަރު | 4 ގަޑިއިރު ކުރިންމަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިން