logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

އިންނާނެކަމަށް ބުނުމުން ދިން އައިފޯނު ހޯދަން ކޯޓަށް

ޢައްފާން މުޙައްމަދު
25 ޑިސެމްބަރު 2025 - 07:20
އިންނާނެކަމަށް ބުނުމުން ދިން އައިފޯނު ހޯދަން ކޯޓަށް

ކައިވެނިކުރާނެކަމަށް ބުނެ އެކުގައި އުޅުނު ދުވަސްވަރު ފިރިހެނަކު އަންހެނަކަށް ގަނެދިން ފޯނެއް، ކައިވެނި ނުކުރުމުން އަނބުރާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއީ މެދުރާއްޖެތެރޭ ރަށެއްގެ ފިރިހެނަކާ އިންނާނެ ކަމަށް ބުނެ، ށ. ބިލެއްފަހީ އަންހެން ކުއްޖަކު، އެ ފިރިހެން މީހާ އަތުން "މަކަރާއި ހީލަތުން ހޯދި" އައިފޯން 16 ޕްރޯމެކްސް ފޯނު އަނބުރައި ހޯދަން އެ ފިރިހެން މީހާ ދައުވާކުރި މައްސަލައެކެވެ. އެ މައްސަލައިގައި ގާނޫނީ ވަކީލެއްގެ ހިދުމަތް ހޯދަން ހަރަދުވާ ކަމަށް އޭނާ ބުނާ 10،000.ރ އަކީ ވެސް ދައުވާ ލިބޭ އަންހެން މީހާ ދައްކަން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދޭން ވެސް އެ ދައުވާގައި އެދިފައި ވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދައުވާއަށް އިންކާރުކުރުމުގެ ބަދަލުގައި އަންހެންމީހާގެ ފަރާތުން ހުށަހެޅި އިއުތިރާޒްގައި ބުނީ ފިރިހެންމީހާ ކުރި ދައުވާގައި "މަކަރާއި ހީލަތުން ފޯނެއް ހޯދުމަށް ފަހު އެ ފޯނު އަނބުރާ ނުދީ ފިލައިގެން އުޅުމުގެ ތުހުމަތު" އޮތުމުން އެއީ ޖިނާއީ ތުހުމަތެއް ކަމަށެވެ. އެހެންވީމާ އެ މައްސަލަ ކޯޓަށް ހުށަހެޅޭނީ ތަހުގީގީ އިދާރާއަކުން ތަހުގީގުކުރުމަށް ފަހު ނުކުންނަ ނަތީޖާއަކަށް ބިނާކޮށް، ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް އޭނާ ބުންޏެވެ.

އެެހެންވީމާ އެއީ މަދަނީ މައްސަލައެއްގެ ގޮތުގައި ފަރުދީ ގޮތުން މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުވާ ބާތިލްކޮށްދޭން އޭނާ އެދުނެވެ.

އެހެންނަމަވެސް، ދައުވާކުރި ފިރިހެން މީހާ ބުނެފައިވަނީ "މަކާރާއި ހީލަތް" ކަމަށް، ދައުވާގައި ބުނެފައިވަނީ ކޮންމެހެން ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން ކަމަށެވެ. އަދި، މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް ފިރިހެން މީހާގެ ފަރާތުން ކޯޓުގައި ވަނީ މި މައްސަލައިގައި އެދިފައެވެ.

މި މައްސަލައިގެ ޝަރިއަތް އަދި ކުރިއަށް އޮތްއިރު، އިހުތިސާސާމެދު އުފެއްދި ސުވާލުގެ ޖަވާބުގައި މައްސަލަ ބައްލަވާ ފަނޑިޔާރުވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި، ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މައްސަލައަށް ޖަވާބުދާރީވުމަށް މި މައްސަލައިގައި ދައުވާ ލިބޭ ބިލެތްފަހީ އަންހެން ކުއްޖާއަށް ވަނީ އަންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންނާނެކަމަށް ބުނުމުން ދިން އައިފޯނު ހޯދަން ކޯޓަށްޚަބަރު | 3 ގަޑިއިރު ކުރިންތަނެއް ކުއްޔަށްދޭނެކަމަށް ބުނެ މަކަރާ ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށްޚަބަރު | 3 މަސް ކުރިން