logo
Bank of Maldives

Bank of Maldives

ޚަބަރު

ތަނެއް ކުއްޔަށްދޭނެކަމަށް ބުނެ މަކަރާ ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށް

ނުހާ އަޙްމަދު
18 ސެޕްޓެމްބަރު 2025 - 06:58
ކްރިމިނަލް ކޯޓުގެ ދޮރުމަތީގައި ދެ ފުލުހަކު މަޑުކޮށްލައިގެން
ކްރިމިނަލް ކޯޓުގެ ދޮރުމަތީގައި ދެ ފުލުހަކު މަޑުކޮށްލައިގެން

ތަނެއް ކުއްޔަށްދޭނެކަމަށް ބުނެ މަކަރާ ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، މާލެ. ބުލްޝާންގެ، އަބްދުﷲ ހުޝާމް އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވަނީ، އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން އެތައް ލައްކަ ރުފިޔާއެއް މަކަރާއި ހީލަތުން ނަގާފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ، އޭނާގެ ޖަލުހުކުމް ލުއިކޮށްދީ، 115،200 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. އަދި އެއް އަހަރާއި 5 މަހާ ، 28 ދުވަހަށް ޖަލު ހުކުމެއް ވެސް ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ބަޔާން ކޮށްފައިވާ ގޮތުން، މަކަރާ ހީލަތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އެންމެ ފުރަތަ ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ފަހަރު ހުކުމްކުރީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމުގެ އިތުރުން 115،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް އެ ފައިސާ ދައްކައި ނިންމުމަށް ކަމަށް އެ ބަޔާނުގައި ބަޔާން ކޮށްފައިވެއެވެ.

އޭނާއަށް ދިން މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އަދަބު މުރާޖައާކޮށްދިނުމަށް އެދި ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މިހާތަނަށް ދައްކާފައިވަނީ އެންމެ 6،700 ރުފިޔާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނީ، އަދަބު މުރާޖައާކުރުމުގެ އަޑުއެހުމަށް މި އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު ހާޒިރުވާން އަންގައި ޗިޓް ފޮނުވުމުން ހުޝާމް ވަނީ މަގުބޫލު ސަބަބެއް ނެތި ހާޒިރު ނުވެފައި ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ޗިޓް ފޮނުވުމުން، ބަލިވެ އުޅޭ ކަމަށް ބުނެ ސިޓީއެއް ފޮނުވި ކަމަށާއި އެކަމަކު މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ ފަހުން އެތައް ފަހަރަކު ހުޝާމް ކޯޓަށް ހާޒިރުކުރަން އުޅެ އެކަން ކާމިޔާބު ނުވުމުން ހާޒިރުކުރީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވި ދައުވާގައިވާ ގޮތުން ހުޝާމް ވަނީ އެކި ފަހަރު މަތިން 5 މީހެއްގެ އަތުން 900،000އަށް ވުރެ ގިނަ ރުފިޔާ ނަގައިފަ އެވެ. އެއީ މއ. ބުލްޝަމްގޭގެ އެޕާޓްމަންޓެއް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ނަމުގައި 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސްވަރު އެކި މީހުންގެ އަތުން އެޑްވާންސްގެ ގޮތުގައި ނަގާފައިވާ ފައިސާ ކަމަށް ދައުވާގައި ބަޔާން ކޮށްފައިވެއެވެ.

އޭނާ ގެންދިޔައީ އެކަކަށް އެޕާޓްމަންޓު ދިނުމަށް އެއްބަސްވުން ހަދައި ފައިސާ ނެގުމަށް ފަހު ތަން ހަވާލުނުކޮށް އަނެއްކާ އެހެން މީހަކާ އެކު އެއްބަސްވުން ހަދައި ފައިސާ ނަގަމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، ހުޝާމް އޭނާގެ މައްޗަށް މި މައްސަލައިގައި ކުރި ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށާއި، އެކަމަކު ހުށަހަޅާފައިވާ ހެއްކަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަނެއް ކުއްޔަށްދޭނެކަމަށް ބުނެ މަކަރާ ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށްޚަބަރު | 3 ގަޑިއިރު ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 2 މީހަކު ހޯދަނީ ޚަބަރު | 17 ދުވަސް ކުރިންމީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 18 ދުވަސް ކުރިންކޯޓުގެ ހުރުމަތް ކެނޑި މީހަކު ޖަލަށް ޚަބަރު | 21 ދުވަސް ކުރިން