logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ސަސްޕެންޑްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޮކްޓޯބަރު 2025 - 11:14
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު، ދެ މައްސަލައަކާ ގުޅިގެން 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފި އެވެ.

މި ދެ މައްސަލައިގެ ތެރޭގައި ހިމެނޭ އެއް މައްސަލައަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ މީހަކު ބަންދުން ދޫކޮށްލި މައްސަލަ އެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ތުހުމަތުކުރާ ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ އަންވަރު މުހައްމަދު، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ފާއިޒް ވަނީ އެއްވެސް ޝަރުތަކާ ނުލައި އޭނާ ބަންދުން ދޫކޮށްލާފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ މަސައްކަތްކޮށް، އޭނާ ލަންކާއަށް ފުރައިގެން ގޮސް ހުއްޓައި ޑީޕޯޓްކޮށް ރާއްޖެ ގެނެސް އަލުން ހައްޔަރުކޮށްފަ އެވެ.

އަލީ އަންވަރަކީ 2019 ވަނަ އަހަރު 70 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އީރާނު ބޯޓެއްގެ މައްސަލައިގައި ވެސް ހިފަހައްޓާފައިވާ މީހެކެވެ.

ގާޒީ ފާއިޒް ސަސްޕެންޑްކުރި އަނެއް މައްސަލައަކީ، އައިޖީއެމްއެޗްގެ ނަރުހެއް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ އެވެ. ލަމްހާ ބަންދުން ދޫކޮށްލުމަށް ގާޒީ ފާއިޒް ކުރިން ދެފަހަރު ވެސް ނިންމެވުމުން، ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި ގާޒީގެ ނިންމުން ބާތިލްކޮށްފަ އެވެ.

މިމަހުގެ ކުރީކޮޅު ވެސް ގާޒީ ފާއިޒް ލަމްހާ ބަންދުން ދޫކޮށްލި ނަމަވެސް، ހައިކޯޓުން ވަނީ އަލުން ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ. ގާޒީ ފާއިޒް ވިދާޅުވެފައިވަނީ، ލަމްހާއާ މެދު ގޮތެއް ނިންމޭނީ މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ފަހުގައި ކަމަށާއި ދައުލަތުން އެ އެސެސްމެންޓް ނުހަދާ ކަމަށެވެ.

ގާޒީ ފާއިޒް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް 2019 ގައި ހުކުމްކުރި ބެންޗުގައި ހިމެނުނެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެފަހަރު ސަސްޕެންޑްކުރީ ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައަކާ ގުޅިގެންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ސަސްޕެންޑްކޮށްފިޚަބަރު | 11 ދުވަސް ކުރިންކިހާދުއްފަރު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއްޚަބަރު | 15 ދުވަސް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 18 ދުވަސް ކުރިންސިނގިރޭޓް ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި ކަމުގެ ތުހުމަތުޚަބަރު | 19 ދުވަސް ކުރިން