logo
Bank of Maldives

Bank of Maldives

ޚަބަރު

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފި

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 10:50
ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު (ވ) އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު (ވ) އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލައެއްގެ ޝަރީއަތް ފަށައި ދެވަނަ އަޑުއެހުން ބާއްވައިފި އެވެ.

ސައީދުގެ މައްޗަށް މި ދައުވާތައް ކުރަނީ ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިއަހަރުގެ އޭޕްރީލްމަހުގެ 13 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީޖީ އޮފީހުން ބުނެފައިވަނީ ފެނަކަ އިން ފިޝަރީޒް މިނިސްޓްރީއާ އެކު މާމެންދޫގައި ފެނަކައިން އައިސްޕްލާންޓެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އެރަށުގައި އޭރު ވެސް ކައިޒާން އިންވެސްޓްމަންޓުން ޤާއިމު ކޮށްފައިވާ އައިސްޕްލާންޓެއް 11.2 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށެވެ.

އައިސްޕްލާންޓް ގަތުމަށް ފެނަކައިން ނިންމީ ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން ބޯޑުގެ ބައްދަލުވުމުގައި ސާފުކޮށްނުދީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، އަދި އެއީ ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް މާލީ ގޮތުން ގެއްލުން ބޮޑު މަޝްރޫއުއެއްކަން ބަޔާންކޮށްފައިވަނިކޮށް ކަމަށްވެސް މައްސަލާގައިވެއެވެ.
މި މައްސަލާގައި ސައީދުގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ. މި މައްސަލަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.


މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ދެވަނަ އަޑުން ވަނީ ބާއްވާފައެވެ. މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާފައިވާއިރު ދައުވާއަށް ޖަވާބުދާރީވަމުން ސައީދު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދިފާއި ހެކި ހުށަހެޅުމެވެ.

ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއް ސާބިތުވެ މިހާރުވެސް ސައީދު ގެންދަނީ 4 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންސިނގިރޭޓް ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި ކަމުގެ ތުހުމަތުޚަބަރު | 2 ދުވަސް ކުރިންރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީޚަބަރު | 5 ދުވަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | 8 ދުވަސް ކުރިން