logo
MPL

MPL

ޚަބަރު

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ޒިދާން މުޙައްމަދު
9 ޖޫން 2026 - 13:35
ހުކުމްކުރުމުގެ އަޑުއެހުމުގެ ކުރިން ޝައްމާން: އޭނާ ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ހުކުމްކުރުމުގެ އަޑުއެހުމުގެ ކުރިން ޝައްމާން: އޭނާ ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމަށް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލާގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެފައިވެއެވެ.

ޝަމްއާންގެ މައްޗަށް އިއްވި ޖުމްލަ 25 އަހަރުގެ ޖަލު ހުކުމް ބެހިގެންވަނީ ތިން ކުށަކަށެވެ. އެގޮތުން ފޭރުމުގެ ކުށުގެ ދައުވާގައި އަށް އަހަރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށަށް ދެ އަހަރު، އަދި މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ފަސް ލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، ފޭރުނު ކަމަށް ބުނާ ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ހަވާލުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން ފުރަތަމަ ހައްޔަރުކުރީ މާޗު 2025 ގައެވެ.

އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި 278 ދުވަސް ހޭދަކޮށްފައެވެ. މި މައްސަލާގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމު މީހަކު ވެސް ހައްޔަރުކުރިއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުންތަކެއް ހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 2 ދުވަސް ކުރިންފެނަކަ ޚިޔާނާތް: ދީނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 9 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންއަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީޚަބަރު | މަހެއް ކުރިން