logo
Bank of Maldives

Bank of Maldives

ޚަބަރު

"ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުވާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މޭ 2026 - 11:53
ބައިޓް މައިންޑްގެ ކުރީގެ ވެރިޔާ އަފްލަހް، ފޮޓޯ: ޕޮލިސް
ބައިޓް މައިންޑްގެ ކުރީގެ ވެރިޔާ އަފްލަހް، ފޮޓޯ: ޕޮލިސް

ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ކުރީގެ ވެރިޔާ، ހމ. ހައިރާތު، އަލީ އަފްލަހު (27އ) ގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ.

އަފްލަހުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަފްލަހު ވަނީ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ. މި މައްސަލައިގެ ތުހުމަތުތައް ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި ރާއްޖެ އައުމުން އެއާޕޯޓުންނެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ބަންދުގައި ހުރި އަފްލަހުގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަފްލަހުގެ މައްޗަށް ދައުވާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައިފިޚަބަރު | 20 ދުވަސް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | 2 މަސް ކުރިންސަނީ ޢުމަރުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮޑެތި ދަޢުވާތަކެއް އުފުލައިފިޚަބަރު | 2 މަސް ކުރިން