logo
Bank of Maldives

Bank of Maldives

ޚަބަރު

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް

އާމިނަތު ޝަފާ
19 އޮކްޓޯބަރު 2025 - 11:33
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް

ބ.ކިހާދުއްފަރުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު (ކިހާ މޯލްޑިވްސް) އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަދި ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ އެ ރަށުގެ އެއްބަސްވުން ބާތިލުކުރަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ފޮނުވި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އަތަމާ މެރިން އިންޓަނޭޝަނަލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ އެއްބަސްވުން ބާތިލުކުރަން ވުޒާރާއިން ފޮނުވި ނޯޓިހަށް އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އަމަލު ކުރުން ފަސްކުރުމަށާއި، ކިހާދުއްފަރާ ގުޅިގެން ތިން ވަނަ ފަރާތެއްގެ މަސްލަހަތު އުފަން ވާނެ ކަމެއް ނުކުރުމަށް އަމުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން މިދިޔަ އޯގަސްޓުމަހު ނެރުނު ނޯޓިހުގައިވަނީ ބ.ކިހާދުއްފަރު (ކިހާ މޯލްޑިވްސް) އަކީ ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށެއްކަމަށެވެ.

މި ރަށުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު (ކިހާ މޯލްޑިވްސް) އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަދި ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ، ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުޞަތުދީ ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައެއްނުވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އަދި، އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް ވުޒާރާއިން އިތުރު އޮޕަރޭޓިންގ ލައިސަންސެއް ދީފައެއްނުވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ރިޒޯޓު އޮޕަރޭޓިންގ ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވެއެވެ.

ވުޒާރާއިން ބުނީ ބ.ކިހާދުއްފަރުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެ ކުންފުނިން ތަކުރާރުކޮށް ޚިލާފުވެފައިވާތީ އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ޚިދުމަތް ދެމުން ގެންދާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވުޒާރާއިން ގެންދަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންކަމަށެވެ. އެހެންކަމުން، ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް ވުޒާރާއިންވަނީ އޭރު އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއްޚަބަރު | 2 ދުވަސް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 5 ދުވަސް ކުރިންސިނގިރޭޓް ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑްކުރި ކަމުގެ ތުހުމަތުޚަބަރު | 6 ދުވަސް ކުރިންފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި ޚަބަރު | 23 ދުވަސް ކުރިން