logo
MPL

MPL

ޚަބަރު

ހައްޔަރުކުރި އެންޑީއޭގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ނޮވެމްބަރު 2025 - 01:58
 ނަހަމަ ގުޅުން ބާއްވާ މައްސަލައިގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
ނަހަމަ ގުޅުން ބާއްވާ މައްސަލައިގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިގޮތަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެންޑީއޭގެ ޕިއަރ މެންޓަރގެ ވަޒީފާ އަދާކުރަމުން ދިޔަ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙްއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. ތުހުމަތުކުރެވޭ މައްސަލައަކީ ފަރުވާ ހޯދާ މީހުންގެ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، މަސްތުވާތަކެތި ދިނުމަށްފަހު ނަހަމަ ގުޅުން ބޭއްވުމުގެ ސީރިއަސް ތުހުމަތެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، މި މައްސަލަ އެންޑީއޭއިން ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މުޙައްމަދު ފަޞީޙްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، މި މައްސަލަ މިހާރު ދަނީ ފުލުހުންގެ ފަރާތުން ތަޙްޤީޤުކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | ދުވަހެއް ކުރިންސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން