logo
MPL

MPL

ޚަބަރު

ރައީސް ނަޝީދަށް އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް

އައިޝަތު ނަޝާއައިޝަތު ނަޝާ
28 ނޮވެމްބަރު 2025 - 12:26
ރައީސް ނަޝީދަށް އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މީހާއަށް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހުކުމް ކޮއްފައިވަނީ ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ހުކުމް އައީ 2021 ވަނަ އަހަރު މީސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ނަޝީދު އަވަހާރަކޮށްލަން އިންޒާރު ދިން މައްސަލައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ތަހުގީގާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާއާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެގޮތުން ޓެރަރިސްޓް ޖަމާތަކަށް ތާއީދުކުރުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމަށް އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން ހިމެނެއެވެ. އެގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުން ދެ އަހަރު، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުން ތިން އަހަރު އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު ޖުމްލަ 10 އަހަރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެމައްސަލައިގައި އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ކޯޓުގައިވެސް ރައީސް ނަޝީދަށް އިންޒާރުދީފައެވެ. އެމައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އޭނާ އެއް މަސް ދުވަހަށް ޖަލަށްވެސް ލިއެވެ.

ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލާގައި އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް އައިއިރު، އެމަނިކުފާނު އަވަހާރަ ކޮށްލަން 2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ވަނީ ބޮމުގެ ޙަމަލާއެއްވެސް ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންފޭސްބުކުގައި އަންހެނަކަށް ވެގެން މީހުންނަށް އޮޅުވަލާއިން ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖަލަށްޚަބަރު | 2 މަސް ކުރިންމޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 މަސް ކުރިންމޭރީ ގްރޭސް މަރާލިކަން މާވިން އާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެޚަބަރު | 4 މަސް ކުރިން