logo
MPL

MPL

ޚަބަރު

ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފި

އަޙުމަދު ރަމީޒު
28 ސެޕްޓެމްބަރު 2026 - 10:36
ފުލުހުން މަގުމަތީގައި ފޯރިމަރަނީ
ފުލުހުން މަގުމަތީގައި ފޯރިމަރަނީ

ފުލުހަކަށް ހަމަލާދިނުމުގެ ކުށުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އަންހެނެކެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމަށެވެ.

އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ. އެހެންކަމުން އޭނާ ބަންދުން ދޫވާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އަންހެން މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެވެ.

ބަންދު މަޖިލީހުގައި އަންހެން މީހާ ވަނީ އޭނާއަކީ ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ މީހެއް ކަމަށް ބުނެފަ އެވެ. އެކަމަކު ހެކީގެ ގޮތުގައި ކޯޓަށް އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންޕާކް ކޮށްފައި އޮތް ޕިކަޕެެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑުޚަބަރު | 10 ދުވަސް ކުރިންނަތީޖާ ނެރެންވީ ބާރަކުން ނޫން، އިލްމީ ދިރާސާތަކުގެ މައްޗަށް: ސީޕީޚަބަރު | 10 ދުވަސް ކުރިންފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފިޚަބަރު | 12 ދުވަސް ކުރިން