logo
MPL

MPL

ޚަބަރު

ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

މެންދުރު ޓީމް
7 ނޮވެމްބަރު 2026 - 03:29
ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނަށް އަމާޒުކޮށްގެން، ވާހަކަދެއްކުމުގެ ހުނަރާއި މީޑިއާއާ މުއާމަލާތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް "އިންފޯކަސް: ޕޮލިސް ކޮމިއުނިކޭޝަން" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. 2026 ނޮވެންބަރު 5 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގެ މަލްޓިޕަރޕަސް ހޯލުގައި ޕޮލިސް މީޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ފުލުހުން ނޫސްވެރިންނާއި އާންމު ރައްޔިތުންނާ މުއާމަލާތްކުރުމުގައި ފަންނުވެރިކަން ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

undefined

Ad by Hajj Corporation

Ad by Hajj Corporation

 

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަންގައި އަލިއަޅުވާލާފައިވަނީ ޕަބްލިކް ސްޕީކިންގ ހުނަރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް ތައްޔާރުވުމުގެ މައްޗަށެވެ. ޕަބްލިކް ސްޕީކިންގ ސެޝަން ނަންގަވައިދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މި ސެޝަންގައި އާންމުންނާ މުހާތަބުކުރާއިރު ސާފުކޮށް އަދި އިތުބާރާއެކު މުއާމަލާތްކުރުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ޖިނާޙް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންތިނަދޫގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފިޚަބަރު | 6 ދުވަސް ކުރިންގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 އެއަތޮޅު ވިލިނގިލީގައި ބާއްވައިފިޚަބަރު | 10 ދުވަސް ކުރިން