logo
MPL

MPL

ޚަބަރު

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 އެއަތޮޅު ވިލިނގިލީގައި ބާއްވައިފި

އިޙުސާނާ އިބްރާހީމް
28 އޮކްޓޯބަރު 2026 - 14:32
ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 އެއަތޮޅު ވިލިނގިލީގައި ބާއްވައިފި

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި މި ފޯރަމް ފައްޓަވައިދެއްވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދުއެވެ.

އޮކްޓޫބަރު 25 ވަނަ ދުވަހު ބޭއްވި މިފޯރަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކުލަވައިލެވިފައިވާ ޖޮއިންޓް އެޖެންސީ ގްރޫޕްތަކުގެ މެމްބަރުން ހިމެނޭހެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމްގެ ފުރަތަމަ ބުރު 2025 ސެޕްޓެމްބަރު 25 ވަނަ ދުވަހު ގއ. އަތޮޅުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ފޯރަމްގައި 2025 ސެޕްޓެމްބަރު މަހުން ފެށިގެން 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގއ. އަތޮޅުގައި ފުލުހުންގެ ފަރާތުން އަމަން ގާއިމުކުރުމަށް ޖޮއިންޓް އެޖެންސީތަކާއެކު ކުރެވުނު މަސައްކަތްތަކާއި ޕޮލިސިންގ ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރެވުނެވެ. މި ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދެވުނު އޮޕަރޭޝަންތަކުގެ މައުލޫމާތާއި މިހާރުގެ ހާލަތު ހިއްސާކޮށް ރަށްރަށުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޖޮއިންޓް އެޖެންސީތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވައިލުމަށް ކަނޑައަޅާފައިވާ ކަންކަމާ ބެހޭގޮތުން

މަޝްވަރާކޮަށްފައިވެއެވެ.

undefined

 

މީގެ އިތުރުން، ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމަށާ ކައުންސިލުތަކާއި ސުކޫލުތައް ގުޅިގެން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަންކަން ދެނެގަނެ 2027 ގެ މަސައްކަތު ޕްލޭނަށް ހިމަނާފަވާކަމަށާ އަދި ކުރިއަށްއޮތް އަހަރު ރަށްރަށުގައި ހުރި މައްސަލަތައް މަދުކުރުމަށް ޖޮއިންޓް އެޖެންސީތައް ގުޅިގެން މަސައްކަތް ކުރަންވީ ހާއްސަ ކަންކަމަށް މަޝްވަރާކޮށް ރަށްރަށުގައި ކުރުން މުހިންމު ކަންކަންވަނީ ފާހަގަކޮށްފައެވެ.

ފޯރަމް ނިންމުމުގެ ގޮތުން، އަޕަރސައުތު ހިންގުމާ ހަވާލުވެ ހުންނެވި ކޮމާންޑަރު  ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވާހަކަފުޅު ދެއްކެވިއެވެ. މި ފޯރަމްގައި، ގއ. އަތޮޅުގެ ހުރިހާ ރަށަކުން، ކައުންސިލް ރައީސުން، ޑަބްލިއު.ޑީ.ސީގެ ރައީސާއިން، ސުކޫލު ޕްރިންސިޕަލުން އަދި ސްޓޭޝަންތަކުގެ އިންޗާޖުން ބައިވެރިވެވަޑާގެންނެވިއެވެ. މި ފޯރަމް މޮޑަރޭޓްކޮށް ކުރިއަށް ގެންދިޔައީ ގއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފާޙްއެެވެ.

މި ފޯރަމް ކުރިއަށް ގެންދިއުމުގައި ގއ. ވިލިނގިލި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯރަމްގެ ބައިވެރިގެން ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރަމެވެ. މި ފޯރަމަކީ އަހަރަކު އެއްފަހަރު ބޭއްވުމަށް ތާވަލް ކުރެވިފައިވާ ފޯރަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 އެއަތޮޅު ވިލިނގިލީގައި ބާއްވައިފިޚަބަރު | 2 ގަޑިއިރު ކުރިން6 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފިޚަބަރު | 2 ދުވަސް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 3 ދުވަސް ކުރިންދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފިޚަބަރު | 8 ދުވަސް ކުރިން