logo
MPL

MPL

ޚަބަރު

ތިނަދޫގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފި

އަޙުމަދު ރަމީޒު
1 ނޮވެމްބަރު 2026 - 06:23
ތިނަދޫގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފި

ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، މިނިވަންއައްސޭރި، އަހްމަދު ހާޝިމް (36އ) އާއި، ގދ. ތިނަދޫ، ވެހަފުލާ، އަތޫފް އަހްމަދު (25އ) އާއި، ގދ. ތިނަދޫ، ވިލާޑީލައިޓް، ނާޖިދު އަބްދުﷲ (42އ) އަދި ގދ. ގައްދޫ / ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 އެއަތޮޅު ވިލިނގިލީގައި ބާއްވައިފިޚަބަރު | 4 ދުވަސް ކުރިން6 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފިޚަބަރު | 6 ދުވަސް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 7 ދުވަސް ކުރިން