ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި
2 ނޮވެމްބަރު 2026 - 16:17

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވަނީ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާތަކަށް ޔަގީންކޮށްދީފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުލުހުން ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 9:59 ހާއިރު ކަމަށެވެ.
މެންދުރަށް އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.
ޝާހިދު ހައްޔަރުކުރުމުގެ ކުރިން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
"މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ،" ޝާހިދުގެ ޕޯސްޓްގައިވެ އެވެ.
ޝާހިދު ހައްޔަރުކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރުމަށް ކެމްޕޭންވެސް ކުރައްވަމުން ގެންދަވަނިކޮށެވެ.
އުމުރުން 64 އަހަރުގެ ޝާހިދަކީ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. މީގެއިތުރުން އދ.ގެ ރައީސްކަންވެސް ޝާހިދު ކުރައްވާފައިވެ އެވެ.

-01.jpg&w=3840&q=75)
