logo
MPL

MPL

ޚަބަރު

ޑްރަގް ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފި

އަޙުމަދު ރަމީޒު
17 ނޮވެމްބަރު 2026 - 07:21
ޑްރަގް ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން މިމަހުގެ 15 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ރ. މާކުރަތު މީހުންނެވެ. އެއީ އެރަށު މަލަ، ޠަލްޙަތު ނަސީމް (40އ) އާއި، ފަލަކު، އަޙްމަދު ޝާފިޢު (23އ)ގެ އިތުރުން ބަނބުކެޔޮގަސްދޮށުގެ، އިސްމާޢީލް ރަޝީދު (46އ) އެވެ.

ފުލުހުން ބުނީ ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޠަލްޙަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފިޚަބަރު | 24 މިނިޓު ކުރިންޕާކް ކޮށްފައި އޮތް ޕިކަޕެެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑުޚަބަރު | 8 ދުވަސް ކުރިންނަތީޖާ ނެރެންވީ ބާރަކުން ނޫން، އިލްމީ ދިރާސާތަކުގެ މައްޗަށް: ސީޕީޚަބަރު | 8 ދުވަސް ކުރިންފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފިޚަބަރު | 10 ދުވަސް ކުރިން