logo
MPL

MPL

ޚަބަރު

ނަތީޖާ ނެރެންވީ ބާރަކުން ނޫން، އިލްމީ ދިރާސާތަކުގެ މައްޗަށް: ސީޕީ

އަޙުމަދު ރަމީޒު
9 ނޮވެމްބަރު 2026 - 04:43
ނަތީޖާ ނެރެންވީ ބާރަކުން ނޫން، އިލްމީ ދިރާސާތަކުގެ މައްޗަށް: ސީޕީ

މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އަހްމަދު މުހައްމަދު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެ، މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި އެވަގުތަށް އިޖާބަދީގެން ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ.

"މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލްވެވެނީ އެކަޑެމިކް ރިސާޗާއި 'އެވިޑެންސް ބޭސްޑް ޕޮލިސިން' ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން،" ކޮމިޝަނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީޕީ ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭ ކަމަށެވެ. މިއަދުގެ ގާބިލް ފުލުހެއްގެ ކިބައިގައި މުހިއްމު ތިން އަސާސެއް ފުރިހަމަވާންޖެހޭ ކަންވެސް ސީޕީ ފާހަގަކުރެއްވި އެވެ. އެއީ އިލްމީ ގާބިލްކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުން ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ ފުލުހަކީވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް ވާންޖެހޭ ކަމުގައި ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ މަހާސިންތާގެ ތެރެއިން ހުށަހެޅިގެންދާ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށެވެ. މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސްކަމުގެ ޔަގީންކަން ކޮމިޝަނާ ދެއްވެވި އެވެ.

ކޮމިޝަނާ އިތުރަށް ވިދާޅުވީ ފުލުހުންނަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް އެއީ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް ހުރަހަކަށް ވިޔަނުދެއްވާނެ ކަމަށެވެ. އަދި މަސައްކަތުގެ އަމާޒު ނުގެއްލޭނެހެން ކޮންފަރެންސްގެ ބަހުސްތައް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ހިދުމަތް މިހާރަށް ވުރެ ފުރިހަމަކުރުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށްވެސް އިލްތިމާސްކުރެއްވެވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާ ނެރެންވީ ބާރަކުން ނޫން، އިލްމީ ދިރާސާތަކުގެ މައްޗަށް: ސީޕީޚަބަރު | 33 މިނިޓު ކުރިންފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފިޚަބަރު | 2 ދުވަސް ކުރިންކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފިޚަބަރު | 7 ދުވަސް ކުރިންތިނަދޫގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފިޚަބަރު | 8 ދުވަސް ކުރިން