logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ޚަބަރު

ހުއްދަނެތި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތްކުރުމުން ޖޫރިމަނާކޮށްފި

އާމިނަތު ޝަފާ
26 ޑިސެމްބަރު 2025 - 05:11
ހުއްދަނެތި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތްކުރުމުން ޖޫރިމަނާކޮށްފި

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ-އީއާރްއޭގެ ހުއްދަނެތި ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން މަންތާ އެއާވޭސް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީއާރްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އާއި ހިލާފަށް، އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން މި ގަވާއިދުގެ އަށް ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، މި މަރުޙަލާތައް ފުރިހަމަ ކުރުމަކާނުލައި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައް މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންގޮސްފައިވާކަމަށް އީއާރްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށްފަހު ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000.00ރ. (ވިހި ހާސް ރުފިޔާ) އިން މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާ ކޮށްފައިވާކަމަށް އީއާރްއޭއިން މައުލޫމާތުދެއެވެ.

މި ޖޫރިމަނާ، 21 ޑިސެންބަރު 2025 އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށާއި މި މަސައްކަތް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 އާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދިއުމަށް ނަސޭޙަތްތެރިވެފައިވާނެކަމަށް އީއާރްއޭއިންވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުއްދަނެތި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތްކުރުމުން ޖޫރިމަނާކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިން