ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޢައްފާން މުޙައްމަދު
25 ޑިސެމްބަރު 2025 - 18:51

ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ.

Ad by Hajj Corporation
ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ މި ޝިޕްމަންޓުގެ މަގުމަތީއަގު ގާތްގަނޑަކަށް 30 މިލިއަން ރުފިޔާއަށް އަރައެވެ.
މަސްތުވާތަކެތީގެ މި ޝިޕްމަންޓް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ފޮރުވައިގެންނެވެ.


