logo
Bank of Maldives

Bank of Maldives

ޚަބަރު

ތާރީޚީ މައުލޫމާތު ރައްކާކުރާ ޑިޖިޓަލް އާކައިވްގެ ޕްރޮޓޯޓައިޕް އިފްތިތާޙްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 އޮކްޓޯބަރު 2024 - 08:52
ތާރީޚީ މައުލޫމާތު ރައްކާކުރާ ޑިޖިޓަލް އާކައިވްގެ ޕްރޮޓޯޓައިޕް އިފްތިތާޙްކުރުމުގެ ތެރެއިން -- ފޮޓޯ/ ޒުވާނުންނާ ބެހޭ ވުޒާރާ
ތާރީޚީ މައުލޫމާތު ރައްކާކުރާ ޑިޖިޓަލް އާކައިވްގެ ޕްރޮޓޯޓައިޕް އިފްތިތާޙްކުރުމުގެ ތެރެއިން -- ފޮޓޯ/ ޒުވާނުންނާ ބެހޭ ވުޒާރާ

ރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރާ ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފިއެވެ.

"ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް" އިފްތިތާޙުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަޙީދު އަދި ޑިރެކްޓަ ޖެނެރަލް އޮފް ދަ ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް މުހައްމަދު އާމިރު އަހްމަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަހީދު ވިދާޅުވީ،  އެ ނިޒާމުގެ ސަބަބުން މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންނާނެ ކަމަށެވެ. އަދި އެ ނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫންކަމަށާއި، އެއީ ދުނިޔެއަށް ރާއްޖެ ބުނެދޭނެ މަސައްކަތަކަށް ވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ވެސް މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޑިޖިޓަލައިޒް ނިޒާމަކީ ރާއްޖޭގެ ތާރީހާއި ސަގާފަތް އަދި ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފައްޓަވާފައިވާ މަސައްކަތެއް ކަމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ޔޫތު ހަބު ހުޅުވަނީޚަބަރު | 2 މަސް ކުރިން40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފިޚަބަރު | 3 މަސް ކުރިންޒުވާނުންގެ ހުނަރު ދައްކާލުމަށް ފެސްޓިވަލެއް ބާއްވަނީޚަބަރު | 4 މަސް ކުރިންސިވިލް ސޮސައިޓީ އެވޯޑު، 7 ޖަމިއްޔާއަކަށް ދީފިޚަބަރު | 4 މަސް ކުރިން