logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ 2 ދުވަސް!

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2025 - 13:19
ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ 2 ދުވަސް!

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ 2 ދުވަހަށް ވެއްޖެއެވެ.

މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހު 7 ވަނަ ދުވަހުގެ 12:00ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 12 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

1- ވިޔަފާރިއާއި އިގްތިސާދު

2- އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން

3- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން

4- ވޮކޭޝަނަލް ޓްރެއިނިންގ - ދަސްކޮށްދިނުން

5- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން

6- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން

7- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން

8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން

9- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން

10- ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާ

11- ފަތުރުވެރިކަމުގެ ދާއިރާ

12- ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ 2 ދުވަސް!ޚަބަރު | މަހެއް ކުރިންނޫސްވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމަށް ބީބީސީގެ އޮންލައިން މާސްޓަރކްލާހެއް ބާއްވަނީޚަބަރު | މަހެއް ކުރިންޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހަޅަން ބާކީ 12 ދުވަސް!ޚަބަރު | 4 މަސް ކުރިން