logo
MPL

MPL

ވިޔަފާރި

ގާކޮށި ކައިރީގައި ފުޓްސަލް ދަނޑެއް އެޅުމަށާއި ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީ އަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ސެޕްޓެމްބަރު 2026 - 11:05
ގާކޮށި ކައިރީގައި ފުޓްސަލް ދަނޑެއް އެޅުމަށާއި ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީ އަށް

މާލޭ ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި، ތ. ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ނިންމާފައިވަނީ ގާކޮށި ފްލެޓާއި އިންވެގެން އޮންނަ ހުސްބިމުގައެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 1،521,283.60 (އެއްމިލިއަން ފަސްލައްކަ އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ތިންރުފިޔާ ފަސްދޮޅަސް ލާރި) އަށެވެ. އަދި މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީގެއިތުރުން، ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދަވާ މުހިންމު މަސައްކަތްތަކެކެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ގާއިމްކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ ސަރުކާރުން ބޮޑު އަހަމިއްޔަތެއް ދޭ ކަމަކަށްވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން އަންނަނީ ހަލުއި ދުވެލީގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާކޮށި ކައިރީގައި ފުޓްސަލް ދަނޑެއް އެޅުމަށާއި ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީ އަށްވިޔަފާރި | ގަޑިއިރެއް ކުރިންމިނިވަން ދުވަހުގެ ޚާއްޞަ ހަރަކާތް "މިނިވަން ރަން" އިފްތިތާޙްކޮށްފިޚަބަރު | 2 މަސް ކުރިން ފުޓްސަލް ދަނޑެއް ނެތް ދިއްދޫގައި ދަނޑެއް ތަރައްގީކޮށްދިނީ މި ސަރުކާރުން، ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ޚަބަރު | 2 މަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފިޚަބަރު | 7 މަސް ކުރިން