logo
MPL

MPL

ޚަބަރު

ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ސެޕްޓެމްބަރު 2026 - 17:10
ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ބާރަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް އަދި ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު ހެދުމާއި، ބައުންޑަރީ ފާރު ރޭނުމުގެ އިތުރުން ފެންސު ޖެހުމާއި، ލައިޓިންގ ސިސްޓަމް ހަރުކުރުން އަދި ޓާރފް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫއަކީ 13.64 މިލިއަން ރުފިޔާއަށް 200 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މީގެއިތުރުން، ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ރަށު ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.82 މިލިއަން ރުފިޔާއަށް 250 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މިފަދަ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި، ރަށްރަށުގައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅިވަރުގެ އިންގިލާބެއް: ހުޅުމާލޭގައި ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 30 މިނިޓު ކުރިންއުމްރާނީ ބޮޑު ބަދަލަކަށް، އެކި ރަށްރަށުގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 5 ދުވަސް ކުރިންދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 19 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 25 ދުވަސް ކުރިން