logo
Bank of Maldives

Bank of Maldives

ޚަބަރު

ސިވިލް ސޮސައިޓީ އެވޯޑު، 7 ޖަމިއްޔާއަކަށް ދީފި

އިސްމާޢިލް ރާތިޢު
18 ޑިސެމްބަރު 2025 - 05:21
ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ
ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ

ރަށު ފެންވަރުގެ އިތުރުން ގައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ދޭ ސިވިލް ސޮސައިޓީ އެވޯޑެ، ހަތް ޖަމިއްޔާ އަކަށް ދީފިއެވެ.

މިއަހަރުގެ އެވޯޑުތައް ލިބިފައިވަނީ:

Ad by Hajj Corporation

Ad by Hajj Corporation

  • އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް، އެފަރާތްތައް ބާރުވެރިކުރުމުގެ ދާއިރާއިން: ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫ
  • ޚާއްޞައެހީގެ ދާއިރާއިން: ކެއަރ ސޮސައިޓީ
  • ތައުލީމީ ދާއިރާއިން: ތުޅާދޫ ސިލްވަރޝައިން ކުލަބް
  • ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި ތާރީޚީ ތަރިކަ އަދި ދިވެހިބަސް ދިރުވުމުގެ ދާއިރާއިން: ޝާއިރުންގެ ވާދީ
  • ތިމާވެށީގެ ދާއިރާއިން: ކްލީން މޯލްޑިވްސް
  • ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުމުގެ ދާއިރާއިން: އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސް
  • މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުމުގެ ދާއިރާއިން: ގިރިންދާ

އެވޯޑު ދިނުމަށް ޔޫތު ހަބުގައި ބޭއްވި ރަސްމިއްޔާތުގައި މިފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދެވެ. މިރަސްމިއްޔާތުގައި ވަޒީރު ވަނީ، މިއަހަރު ހަތް މަޖިއްޔާއަކަށް އެވޯޑު ލިބުނު ނަމަވެސް އަންނަ އަހަރު މިއަށްވުރެ ގިނަ ޖަމިއްޔާތަކަށް އެވޯޑު ދެއްވާނެކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ޔޫތު ހަބު ހުޅުވަނީޚަބަރު | މަހެއް ކުރިން40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންޒުވާނުންގެ ހުނަރު ދައްކާލުމަށް ފެސްޓިވަލެއް ބާއްވަނީޚަބަރު | 3 މަސް ކުރިންސިވިލް ސޮސައިޓީ އެވޯޑު، 7 ޖަމިއްޔާއަކަށް ދީފިޚަބަރު | 3 މަސް ކުރިން