14 ރަށެއްގައި ޕާކު ތަރައްގީ ކުރުމަށް ބޭނުންވާ ސެޓުތައް ފޮނުވަން ފަށައިފި
22 ފެބްރުއަރީ 2026 - 07:41

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް 14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.
2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ތަރައްގީ ކުރުމަށް ރައީސް ނިންމަވާފައިވަނީ އެމަނިކުފާނު 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ނުކުތް ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން އެ ކުދިން ކުޅެލާނެ ޕާކެއް ނެތިގެން އެ ވާހަކަ ރައީސަށް ދެންނެވުމާ ގުޅިގެންނެވެ.

Ad by Hajj Corporation
ކުޑަކުދިންގެ އެ ވާހަކައާއި ގުޅިގެން 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ލޯކަލް ގަވަމެންޓް ވުޒާރާއިން ބުނިގޮތުގައި،ކުޑަކުދިންގެ ޕާކު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކަމަށެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ހިމެނެއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މިފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ 6 ރަށާކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ 4 ރަށަކަށެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް 3 އެސްއޯއީއަކާއެކު 29 މާޗް 2026ގައި ސޮއިކުރެވިފައިވާއިރު، ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި 10 ނޮވެމްބަރު 2025 ސޮއިކޮށްފައިވެއެވެ. ބާކީ 8 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތަކެވެ.


