logo
Bank of Maldives

Bank of Maldives

ދުނިޔެ

ގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ޤަރާރެއް

އިސްމާޢިލް ރާތިޢު
12 މާރިޗު 2026 - 06:28
ގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ޤަރާރެއް

އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ގޮވާލާ ޤަރާރެއް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށާފައިވާ ޙަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ ގަލްފުގެ ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދަލަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ. އެގޮތުން ބަޙްރައިންއާއި ކުވައިތާއި ޢުމާންއާއި ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތަށް އީރާނުން އަންނަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އަދި ޢުރުދުންނަށް ވެސް ބައެއް ޙަމަލާތައް އަމާޒުވެފައި ވެއެވެ.

އެ ޙަމަލާތަކާ ގުޅިގެން ގަލްފް ކޯއޮޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ފަރާތުން ބަޙްރައިނުން ވަނީ އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައެވެ. އެ ޤަރާރަށް އދގެ މެންބަރު ޤައުމުތަކުގެ ތެރެއިން 135 ޤައުމުން ތާއީދުކޮށްފައިވެއެވެ. އީރާނުގެ ޙަމަލާތައް ކުށްވެރިކޮށްފައިވާ އެ ޤަރާރުގައި ބުނީ އީރާނުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ބުރޫ އަރާ ކަމަށެވެ. އީރާނުން ގަލްފުގެ ޤައުމުތަކަށާއި ޢުރުދުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އެ ޤަރާރުގައި ގޮވާލާފައިވެއެވެ. އަދި އެ ޤައުމުތަކުގެ އިސްތިޤުލާލަށް ކަމޭހިތުމަށް ގޮވާލާފައިވެއެވެ.

އެ ޤަރާރު ފާސްކުރުމާ އެއްކޮޅަށް ސަލާމަތީ މަޖިލީހުގެ 13 ޤައުމަކުން ވޯޓު ދީފައިވެއެވެ. އަދި އެއްވެސް ޤައުމަކުން އެ ޤަރާރާ ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ. ނަމަވެސް ޗައިނާއާއި ރަަޝިޔާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ދެ ޤައުމުން ވޯޓުގައި ބައިވެރި ނުވިނަމަވެސް ޤަރާރު ބާޠިލްކުރުމަށް އެ ޤައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްފައެއް ނުވެއެވެ.

އެ ޤަރާރާ ގުޅިގެން އދއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު އާމިރް ސަޢީދު އިރަވާނީ ވިދާޅުވީ އެ ޤަރާރު ފާސްކޮށްފައި ވަނީ ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. އަދި މިޙާލަތުގައި ހަޤީޤީ ޝިކާރައަކަށް ވެފައި ވަނީ އީރާން ކަމަށް އޭނާ ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގައި ހަމަނުޖެހުން ހިންގަން އެމެރިކާއިން ފޮނުވި ހަތިޔާރުތައް ކުރުދީ ގްރޫޕްތައް އަތުލައި އެމެރިކާއަށް ލަނޑުދީފިދުނިޔެ | 2 މަސް ކުރިންއީރާނުގެ ސަލާމަތީ މަޖިލީހުގެ އިސްވެރިޔާގެ މަޤާމަށް މުޙައްމަދު ބާޤިރު ޛުލްޤަދުުރުދުނިޔެ | 3 މަސް ކުރިންހޮރްމޫޒް ކަނޑުއޮޅިން ހަމަލާދިން ތައިލެންޑުގެ ބޯޓުގެ ފަޅުވެރިން ރައްކާތެރިކަމާއެކު ބެންކޮކަށްދުނިޔެ | 3 މަސް ކުރިންގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ޤަރާރެއްދުނިޔެ | 3 މަސް ކުރިން