logo
Bank of Maldives

Bank of Maldives

ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ހަމަލާދިން ތައިލެންޑުގެ ބޯޓުގެ ފަޅުވެރިން ރައްކާތެރިކަމާއެކު ބެންކޮކަށް ގޮސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 02:12
ހޮރްމޫޒް ކަނޑުއޮޅިން ހަމަލާދިން ތައިލެންޑުގެ ބޯޓުގެ ފަޅުވެރިން ރައްކާތެރިކަމާއެކު ބެންކޮކަށް

ހުސްވި ހަފުތާގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް ހަމަލާގެ ޝިކާރައަކަށްވި ތައިލެންޑުގެ މުދާ އުފުލާ ބޯޓުގެ 20 ފަޅުވެރިން ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ގޮސްފިއެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފަޅުވެރިން ބެންކޮކްގެ މައި އެއާޕޯޓަށް ގޮސްފައިވަނީ އެ ގައުމުގެ ގަޑިން ހޯމަ ދުވަހުގެ ހެނދުނު 8:00 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ސެމީ-އޮފިޝަލް "ފާރްސް ނިއުސް އެޖެންސީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މަޔޫރީ ނާރީ" ނަމަކަށް ކިޔާ މި ބޯޓަށް ހުސްވި ބުދަ ދުވަހު ހަމަލާދިނީ، ދިން އިންޒާރުތަކަށް ބޯނުލަނބައި ގަވާއިދާ ހިލާފަށް ހޮރްމޫޒް ކަނޑުއޮޅިން ވަންނަން ތަކުރާރުކޮށް މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން، ލައިބީރިއާގެ ދިދަ ޖަހާފައިވާ "އެކްސްޕްރެސް ރޯމް" ނަމަކަށް ކިޔާ އުޅަނދަކަށް ވެސް އެ ދުވަހު ހެނދުނު އީރާނުގެ އަސްކަރީ ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ ފާރްސް ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ. މި އުޅަނދަށް ވެސް ހަމަލާދީފައިވަނީ އައި.އާރު.ޖީ.ސީ ނޭވީން ދިން އިންޒާރުތަކަށް އަމަލުނުކުރުމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން އުފެދިފައިވާއިރު، ތައިލެންޑުގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ރައްކާތެރިކަމާއެކު އެނބުރި އައުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާ ގުޅޭގޮތުން އީރާނާއި އޮމާނުން މަޝްވަރާކޮށްފިދުނިޔެ | 15 ދުވަސް ކުރިންއެމެރިކާ އާއި އިސްރާއީލާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތް، ނަމަވެސް އަދި ނިންމުމަކަށް ނާދޭ: އީރާންޚަބަރު | މަހެއް ކުރިންއިސްރާއީލާއި އީރާނުން ހަމަލާބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވައިފިދުނިޔެ | 2 މަސް ކުރިންއީރާނާއި އިސްރާއީލުން އަލުން ހަނގުރާމަ ފަށައި މެދުއިރުމަތީގެ މަސްރަހު ހޫނުވެއްޖެދުނިޔެ | 2 މަސް ކުރިން