logo
E-Platinum
ޚަބަރު

އައްޑޫ ސިޓީ ގަމުގައި ދިފާޢީ ބާރުތަކުގެ މަރުކަޒު އެޅުމާ މޭޔަރު ދެކޮޅު

އާމިނަތު ޝަފާ
11 އޮކްޓޯބަރު 2024 - 12:40
އައްޑޫ ސިޓީ ގަމުގައި ފުލުހުންގެ މަރުކަޒެއް އެޅުމަށް ބިމެއް ހަމަޖެއްސި ގޮތުގެ މެޕް// ފޮޓޯ:އައްޑޫ މޭޔަރު ނިޒާރު
އައްޑޫ ސިޓީ ގަމުގައި ފުލުހުންގެ މަރުކަޒެއް އެޅުމަށް ބިމެއް ހަމަޖެއްސި ގޮތުގެ މެޕް// ފޮޓޯ:އައްޑޫ މޭޔަރު ނިޒާރު

އައްޑޫ ސިޓީ ގަމުގައި ސަލާމަތީ ބާރުތަކުގެ މަރުކަޒެއް އެޅުމަށް ބިމެއް ހަމަޖެއްސުމާ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ދެކޮޅުހައްދަވައިފިއެވެ.

މޭޔަރު މިއަދި ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ގަމަކީ އައްޑޫ ސިޓީ ތަރައްގީގެ ޕްލޭންތަކާއި ގުޅިފައިވާ މުހިންމު މަސައްކަތް ތަކެއް ހިގަމުންއަންނަ މަރުކަޒުކަމަށެވެ. ގަމުގެ އިގްތިސާދީ ޕްލޭންތައްހުރީ ހެދި ނިމިފައިކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިތަނަކީ ސިފައިންނާއި ، ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ބާއްވަން ސަރުކާރުތަކުން މަސައްކަތް ކުރުމަކީ އައްޑޫގެ ތަރައްގީއަށް ބޮޑެތި ހުރަސްތައް ދިމާވެދާނެ ކަމެއްކަން މޭޔަރުވަނީ ފާހަގަކުރައްވާފައެވެ.

"މިވަގުތުވެސް ގަމުގެ ދެކުނު ކޮޅުގައި ހޮޓަލެއް ގާއިމު ކުރުމަށް ނިންމާފައިވާ ފުރިހަމަ ލޮކޭޝަންގައި ، ޑްރޯން ބޭސްއެއް ( އެއަރ ސްޓޭޝަން) ގާއިމުކުރުމަށް ނިންމާފައި ވަނީ އައްޑޫ އެއަރ ޕޯރޓްސް ކޮންޕެނީގެ ވިސްނުމާއި ދެކޮޅަށް އަދި އައްޑޫ ކައުންސިލްއަށް އެގުމެއްނެތި ، އައްޑޫގެ ރައްޔިތުންގެ މަޖްލިސް މެމްބަރުންނަށްވެސް އެގުމެއްނެތިކަން ހިތާމައާއި އެކު ފާހަގަކުރަން. އަދި މިގޮތައް މިކަން ކުރުމަކީ ރުހެވޭނެ ކަމެއްނޫން".

މޭޔަރު އިތުރަށް ވިދާޅުވީ މަޝްވަރާ ކުރެވިގެން އައްޑޫގެެ ކޮންމެ ދިމާލަކުން ޕްލޭންތަކަށް ފުށުނާރާނެހެން ދިވެހި ސިފައިނާއި ފުލުހުންނަށް ބިންދިނުމަކީ އެއްބަސްވާނެ ކަމެއްކަމަށެވެ. އަދި ކުރިންވެސް ކަންކޮށްފައިވަނީ އެގޮތަށްކަމަށް މޭޔަރު ވިދާޅުވިއެވެ.

މިހާރުވެސް އައްޑޫ ސިފައިންނާއި ފުލުހުންގެ ތަމްރީނުތަކަށް ބޭނުންކުރަމުން އަންނައިރު ޕޮލިސް ކޮލެޖުވެސް ގާއިމުކުރެވިފައިވަނީ އައްޑޫގައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ ގަމުގައި ދިފާޢީ ބާރުތަކުގެ މަރުކަޒު އެޅުމާ މޭޔަރު ދެކޮޅު ޚަބަރު | 10 މަސް ކުރިންމަސައްކަތް ނުފަށާ 30 އަހަރުވީ ގޯތިތައްވެސް އެބަހުރި: މޭޔަރު ނިޒާރު ޚަބަރު | 10 މަސް ކުރިން