logo
E-Platinum
ޚަބަރު

މަސައްކަތް ނުފަށާ 30 އަހަރުވީ ގޯތިތައްވެސް އެބަހުރި: މޭޔަރު ނިޒާރު

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 07:16
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު// ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު// ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި މަސައްކަތް ނުފަށާ 30 އަހަރުވީ ގޯތިތައްވެސް އެބަހުރިކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅަށްުރި ގޯތިތަކުގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާތީ އެކަމާގުޅިގެން "މެންދުރު އޮންލައިން" އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މޭޔަރު ވިދާޅުވީ މި މައްސަލައަށް ގާނޫނުގެ ތެރެއިން މިފަހަރު ހައްލެއް ގެންނާނެކަމަށާއި އައްޑޫ ސިޓީގައި މަސައްކަތް ނުފަށާތާ 20 އަހަރާއި 30 އަހަރުވީ ގޯތިތައްވެސް އެބަހުރިކަމަށެވެ.

މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައިބުނީ އައްޑޫ ސިޓީގެ އަވަށްތަކުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 5 އަހަރު ދުވަސްވީއިރުވެސް ގޯތީގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގިނަ ޢަދަދެއްގެ ގޯތިތައް ހުރުމާއި އެކު މިކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަކަމަށެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެން ފަށާފައިނުވުމުގެ ސަބަބުން އެކިއެކި ނޭދެވޭ ޢަމަލުތައް އެތަންތާގައި ހިންގައި އޭގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެ އެފަދަ ތަންތާގައި މަދިރި އާއި މީދާ ފަދަ ސޫފާސޫފި އާލާވެ އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވެ ޢާންމު ސިއްޙަތައް ނުރައްކާވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށާއި، މީގެއިތުރުން ގޯތި ޙަވާލުކުރެވުނު ފަހުން ބައެއް ފަރާތްތަކުން ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ.

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތަކުގެ އަދަދު:

  • ހިތަދޫ:    802 ގޯތި
  • މަރަދޫ:    106 ގޯތި
  • މަރަދޫފޭދޫ: 23 ގޯތި
  • ފޭދޫ:    160 ގޯތި
  • ހުޅުދޫ:   512 ގޯތި
  • މީދޫ:    109 ގޯތި

ވުމާއެކު ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތައް ރަޖިސްޓްރީ ކުރުމަށާއި، ގޯތި ވަށައިގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަށާއި، މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ގޯތީގައި އިންފާރު ރޭނުމުގެ އިތުރަށް މިއަދުން ފެށިގެން 1 އަހަރުގެތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ އަންގާފައެވެ.

މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގެ ސަވާހިލި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިންއައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 1,000 ކިލޯވޮޓުގެ އިންޖީނެއްޚަބަރު | 5 މަސް ކުރިންއައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީޚަބަރު | 5 މަސް ކުރިންއައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | 6 މަސް ކުރިން