logo
E-Platinum
ޚަބަރު

އައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

އަޙްމަދު ޒަލީފް
12 ފެބްރުއަރީ 2025 - 11:13
އައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހިމެނޭ ފަސް މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ވަނަވަރު ހާމަ ކުރި މީހުންނަކީ ހިތަދޫ ވިޝަން ޑްރީމް، ސަމާހު ތައުފީގު، 20، އާއި އެ އަވަށު ގްރޭސް، ޔައީޝް އާޒާދު، 19، އާއި އެ އަވަށު ނޫތަރި، އަޝްރަފު މުޙައްމަދު، 22، އަދި ހަމަ އެ އަވަށު މެރީގާޑަން އަލީ މާޒިން ހަސަން، 20، އެވެ. ކުޑަ ކުއްޖާގެ އުމުރަކީ 15 އަހަރެވެ.

ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު 1:35ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލްގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.

އިތުރަށް ބެލިބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލާ އަނިޔާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެއީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ސަމާހު އާއި އަޝްރަފްގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ޔައީޝް އަދި މާޒިންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. ކުޑަކުއްޖާ ކޯޓަށް ހާޒިރުނުކޮށް، ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.

މި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގެ ސަވާހިލި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިންއައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 1,000 ކިލޯވޮޓުގެ އިންޖީނެއްޚަބަރު | 5 މަސް ކުރިންއައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީޚަބަރު | 5 މަސް ކުރިންއައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | 6 މަސް ކުރިން