logo
ޚަބަރު

އައްޑޫ ސިޓީގެ ސަގާފަތް ދައްކުވައިދޭ އާޓް ގެލެރީއެއް ހުޅުވަނީ

ނުހާ އަޙްމަދު
13 ސެޕްޓެމްބަރު 2025 - 11:38
އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ އައްޑޫ ލައިވް
އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ އައްޑޫ ލައިވް

ތާރީހާއި ސަގާފަތް ދައްކުވައިދިނުމަށް އާރޓް ގެލެރީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ،މަރަދޫގައި ހުރި ތާރީހީ "ބޮނޑޮގޭ" އިމާރާތުގައި އެ ކައުންސިލުން ގާއިމުކުރާ އަރޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އެގޮތުން ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ "އައްޑޫގެ ތާރީހާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިސާދު" ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީހީ ބިނާއެއްކަމަށެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީހީ އިމާރާތްކަމަށް ވެސް މޭޔަރު ވިދާލުވިއެވެ.

މި އާޓް ގެލެރީގެ މައިގަނޑު މަގްސަދަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި، އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމު ފަރާތްތަކަށް އައްޑޫގެ ތާރީޚާއި ސަގާފަތް އަދި އައްޑޫއާ ގުޅުންހުރި ވާހަކަތައް ހިއްސާކުރުމެވެ. ގެލެރީގެ އެންމެހައި ކަންކަން ބަލަހައްޓަމުންދާނީ ސިޓީ ކައުންސިލުން ކަމަށާއި، މިއީ އާމްދަނީ ލިބޭނެ ގޮތަށް ހިންގޭ މަޝްރޫޢުއެއްކަން މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ކައުންސިލުން ބުނީ، މަސައްކަތް ކުރަނީ އެ މަޝްރޫއުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން އެ މަސައްކަތް ފުރިހަމަކުރުމަށް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގެ ސަގާފަތް ދައްކުވައިދޭ އާޓް ގެލެރީއެއް ހުޅުވަނީޚަބަރު | 13 ގަޑިއިރު ކުރިންއައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި ޚަބަރު | 7 ދުވަސް ކުރިންއައްޑޫގައި އަންހެނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ތަހުގީގުކުރަނީޚަބަރު | 7 ދުވަސް ކުރިންއައްޑޫ ސިޓީން, ވިޔަފާރިއަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ ޚަބަރު | މަހެއް ކުރިން