logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫގައި އަންހެނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ތަހުގީގުކުރަނީ

ޢައްފާން މުޙައްމަދު
7 ސެޕްޓެމްބަރު 2025 - 05:19
މާރާމާރީގެ މަންޒަރުތައް ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --
މާރާމާރީގެ މަންޒަރުތައް ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --

އަންހެނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އައްޑޫ، ހިތަދޫ، ކަނީރު މަގުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ 22:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު ސާފުވެފައިނުވާއިރު، މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމަކަށް ފުލުހުން ބުނެފައެއް ނުވެއެވެ.

މީސްމީޑިއާގައި މި މާރާމާރީގެ މަންޒަރުތައް ހިއްސާކުރި މީހަކު ބުނެފައިވާގޮތުން މި މާރާމާރީ ހިންގާފައި ވަނީ، ހިތަދޫ ވިލާ ކޮލެޖު ކެމްޕަސްގައި އެޅުވި ދިވެހި ފިލްމެއް ބަލަން ވަތް ބައެއްގެ މެދުގައެވެ. އެ މީހުން މާރާމާރީ ހިންގާފައި ވަނީ ފިލްމު ނިންމާފައި ބޭރަށް ނުކުތުމަށްފަހުގައި ކަމަށް އެ މީހާ ބުނެފައިވެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މި މާރާމާރީ ހިންގާފައި ވަނީ ދެ އަންހެނުންގެ ދެމެދުގައެވެ. އެ ދެ އަންހެނުން ހުއްޓުވުމަށް އިތުރު އަންހެނުންތަކެއް ވެސް މަސައްކަތްކުރަމުންދާތަން ވީޑިއޯއިން ފެނެއެވެ.

އަދި މާރާމާރީގައި ހިމެނޭ އެއް އަންހެނަކަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބިންމަތީގައި އިށީންދެގެން އިންނަ މަންޒަރާއި ފަހުން، އެމްބިއުލާންސަކަށް އަރުވައިގެން އޭނާ ގެންދަން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ރާއްޖޭގައި މާރާމާރީގެ މައްސަލަތައް މިފަހުން ކޮންމެވެސް މިންވަރަކަށް މަދުވެފައި އޮތް ނަމަވެސް، ދޭތެރެއަކުން މިފަދަ މައްސަލަތައް މިހާރު ވެސް ފެންމަތިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ، ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ހާމަކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންރައްޔިތުން ގަބޫލުކުރާފަދަ ނަމޫނާ ފުލުހުންތަކެއް ފެންނަން ބޭނުންވޭ: ސީޕީ ޚަބަރު | 9 ގަޑިއިރު ކުރިންމާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިޚަބަރު | 2 ދުވަސް ކުރިން