logo
Bank of Maldives

Bank of Maldives

ޚަބަރު

މިރޭގެ މެޗުގެ ފޯރީގައި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިއްޖެ

އައިޝަތު ނަޝާ
19 ޖުލައި 2026 - 15:17
 މިރޭގެ މެޗުގެ ފޯރީގައި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިއްޖެ

ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ،ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް އެދިފައެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަން ވެސް ފުލހުން ވަނީ ހަނދާނ ކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter


އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވޯލްޑްކަޕު ފައިނަލުގައި މިރޭ ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފެށޭނީ މިރޭ 00:00ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ޕާކު ސަރަހައްދުގައި މާރާމާރީއެއް، 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 11 ގަޑިއިރު ކުރިން މިރޭގެ މެޗުގެ ފޯރީގައި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިއްޖެޚަބަރު | 16 ގަޑިއިރު ކުރިންހުޅުމާލޭ ގެސްޓްހައުސެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެޚަބަރު | 3 ދުވަސް ކުރިން