ހުޅުމާލޭ ގެސްޓްހައުސެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އައިޝަތު އިނާޝާ
17 ޖުލައި 2026 - 09:35

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ މާލެ/ސްޓަރ، މުހައްމަދު ރަޒީމް (50އ) އެވެ.

Ad by Hajj Corporation
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނިގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


