ހިޔާ ޕާކު ސަރަހައްދުގައި މާރާމާރީއެއް، 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
19 ޖުލައި 2026 - 20:03

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަހައްދުގައި ރޭ ހިނގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި މި މާރާމާރީގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބެލުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


