logo
ޚަބަރު

އައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި

އަޙްމަދު ޒަލީފް
7 ސެޕްޓެމްބަރު 2025 - 12:18
އައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ‘’ރައްކާ'' ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފާއިތުވި އޮގަސްޓު މަހުގެ 23 އިން ސެޕްޓެންބަރު 5 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްކާ ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭގޮތަށް މައުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މަރަދޫ ސްކޫލު، އިރުޝާދިއްޔާ ސްކޫލު، ފޭދޫ ސްކޫލު، ސ. އަތޮޅު މަދަރުސާ، ނޫރާނީ ސްކޫލު، ހިތަދޫ ސްކޫލު އަދި ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް 225 ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތާއި، އެއްގަމު ދަތުރުފަތުރު ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއެކު މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދީ ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ސްކޫލުތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ހިމެނޭގޮތަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، މަގުމަތީގައި ހިނގާބިނގާވެ އުޅުމަގާއި ބައިސްކަލު ދުއްވާއިރު އަދި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު އެ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. މި ސެޝަންތަކުގެ ތެރެއިން 2251 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިޚަބަރު | 17 ގަޑިއިރު ކުރިންމާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންއައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި ޚަބަރު | 18 ގަޑިއިރު ކުރިންބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން