logo
ޚަބަރު

ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި

އާމިނަތު ޝަފާ
7 ސެޕްޓެމްބަރު 2025 - 13:38
ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި

އޮޕަރޭޝަން ހައިޗީއަށް އެކަނި ބެލި ކަމުގައިވިޔަސް ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ފުލުހުންގެ އެއްބާރުލުންދިނުމުގެ ދުވަހާ ގުޅިގެން ހާމަކުރި މައުލޫމާތުގައެވެ. މި ދުވަސް ފާހަގަކުރަން ފެށީ އިންޓަރޕޯލް އުފެއްދި ތާރީހު ކަމަށްވާ 07 ސެޕްޓެންބަރު 1923 ގެ މުނާސަބަތުގަ 2023 ވަނަ އަހަރުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

2025 ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފުލުހުންގެ މަސައްކަތުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް" އެވެ. އަދުގެ ދުނިޔޭގައި ކުށްކުރުމުގެ ވައްޓަފާޅި ހަލުވި މިނެއްގައި ބަދަލުވަމުން ގޮސް، ސައިބަރ ކްރައިމްގެ ނުރައްކާ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ދަނީ ކުރިމަތިވަމުންނެވެ. އިންޓަނެޓްގެ ފަރުދާގެ ފުރަގަހުގައި ތިބެ، ކާކުކަން ނޭނގޭގޮތަށް ހިންގާ ރޭންސަމްވެއަރ އެޓޭކްތަކާއި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގޯނާއާއި، އިންސާނީ ވަގުފާރީގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ނިގުޅައިގަތުމުގެ އަމަލުތަކުގެ ސަބަބުން ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ. މިއީ ދުނިޔޭގެއެކި ޖިއޮގްރަފިކަލް ހިސާބުތަކާ ގުޅިފައި ހުންނަ، ރޭވިގެން ހިންގާ ބޮޑެތި ކުށްތަކެވެ. މިފަދަ ކުށްތަކަކީ އެއް ޤައުމުން އެކަނި މަސައްކަތް ކޮށްގެން ހުއްޓުވުން މުސްތަހީލު ކުއްތަކެކެވެ. ވުމާއެކު، އިންޓަރޕޯލް އިން ދަނީ މިފަދަ ކުށްތައް ހިންގާ އުކުޅުތައް ދެނެގަނެ، މެންބަރު ގައުމުތައް މި ކަންކަމަށް އަހުލުވެރިކުރުވައި، ތަމްރީނާއި އުނގަންނައިދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

ވޭތުވެދިޔަ އަހަރު ހިންގުނު އޮޕަރޭޝަން ހައިޗީއަށް އެކަނި ބެލި ކަމުގައިވިޔަސް، މިފަދަ ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވި، 400 މިލިޔަން ޔޫއެސް ޑޮލަރުގެ އަގުހުރި ފައިސާއާ މުދާ ހިފެހެއްޓިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ކާމިޔާބީތަކާއެކު ވެސް،ފުލުހުން ކުރަންޖެހިފައިވާ މަސައްކަތްތައް އިންތިހާއަށް ބޮޑުކަން އެ ހިދުމަތުން ހާމަކުރެއެވެ.

މި އަހަރުގެ ޝިއާރުން މާނަކުރާ ފަދައިން، ކުށްވެރިން ޓެކްނޮލޮޖީގެ ބޭނުންހިފައި، ކުށުގެ ވައްޓަފާޅި އިންތިހާއަށް ނުރައްކާތެރި މާހައުލަކަށް ބަދަލުކުރަމުން ދާއިރު، ތަންފީޒީ އިދާރާތަކުން އެންމެ އިސްކަމެއްދީގެން ކުރަންހުރި އެއް މަސައްކަތަކީ ޓެކްނޮލޮޖީއާއި މުވާސަލާތީ ގުޅުމުގެ ތެރެއިން އިދާރާތަކުގެ ގުޅުން ވަރުގަދަކޮށް، އާޓިފިޝަލް އިންޓެލިޖެންސް އިން ލިބެންހުރި ފަސޭހަތައް މަސައްކަތުގައި ބޭނުންކުރަން ފެށުންކަމުގައި ފުލުހުންވަނީ ބުނެފައެވެ.

އިންޓަރޕޯލްގެ ހިދުމަތްތައް ފުޅާކޮށް، ޓެކްނޮލޮޖީގެ ކުރިބޯއްޓަށް ގެންދިއުމަށް ހުއްޓުމެއްނެތި ކުރެވެމުންދާ މަސައްކަތްތަކުގައި އެ އިދާރާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމީ، ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް މި މަގުން ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިޚަބަރު | 17 ގަޑިއިރު ކުރިންމާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންއައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި ޚަބަރު | 19 ގަޑިއިރު ކުރިންބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން