logo
ޚަބަރު

މާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
7 ސެޕްޓެމްބަރު 2025 - 12:20
މާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ގްރޭޓަރ މާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި އެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ޕޮލިސްގެ ދަށުގައިވާ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ބައްދަލުކޮށް މާލެ ސަރަހައްދުގައި ދިމާވާ މައިގަނޑު ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާތައް ކުރެވުނުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި އޮޕަރޭޝަންތައް އެއްގޮތްްކޮށް، ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޓީމުތަކަށް އިރުޝާދު ދެވުނުކަމަށާއި މިކަމުގެ މަޤްޞަދަކީ މުޖުތަމައުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމާއެކު ، ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުންކަމަށް ނަވީން ވިދާޅުވިއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ހިދުމަތުގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ، އެފަދަ ތަންތަން ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިޚަބަރު | 17 ގަޑިއިރު ކުރިންމާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންއައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި ޚަބަރު | 19 ގަޑިއިރު ކުރިންބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން