logo
ޚަބަރު

ބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ޢައްފާން މުޙައްމަދު
7 ސެޕްޓެމްބަރު 2025 - 08:06
ބްލެކްމެއިލްކޮށް،  އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ނުރައްކާތެރި ގިނަ ކުށްތަކެއް ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި، އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ، ހއ. ފިއްލަދޫ / ސީރީންމަންޒިލް، އުމުރުން 29 އަހަރުގެ މުޙައްމަދު ޟަމީރު އާއި ލ. ގަން / ތުނޑި. އަރާއިރު، 27 އަހަރުގެ ޢަލީ ހައިސަލް އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.

ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި މީގެ އިތުރުން 6 ވަޅި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުނެރެދީފައެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރުއާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބާ ކުށްތަކުގައި މިދިޔަ އަހަރު އެކަނިވެސް 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިޚަބަރު | 17 ގަޑިއިރު ކުރިންމާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންއައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި ޚަބަރު | 18 ގަޑިއިރު ކުރިންބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން