logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމް މައްސަލަތަކުގައި މިދިޔަ ހަފުތާ ފަސްލައްކައާ ގާތަށް ފައިސާ ގެއްލުނު

އައިޝަތު ނަޝާ
15 އޯގަސްޓު 2026 - 04:51
ސްކޭމް މައްސަލަތަކުގައި މިދިޔަ ހަފުތާ ފަސްލައްކައާ ގާތަށް ފައިސާ ގެއްލުނު

މިދިޔަ ހަފުތާގައި ސްކޭމުގެ 53 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، މި މައްސަލަތަކުގައި ޖުމްލަ 475،275.76 ރުފިޔާ ގެއްލިފައިވާކަަމަށް ދިވެހި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކުގައި 475،275.76 ރުފިޔާ ވަނީ ގެއްލިފައިވާއިރު ،ފުލުހުންގެ މަސައްކަތުން މީގެތެރެއިން 269،631.27 ރުފިޔާ އަނބުރާ ހޯދާފައިވެއެވެ. މިއީ، މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 7 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ، އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓް ޕްލޭސްކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ސްކޭމްގެ ބާވަތްތައް:

Ad by Hajj Corporation

Ad by Hajj Corporation

* އީ- ކޮމާސް: 22 މައްސަލަ
* ބޭރު ފައިސާ މާރުކުރުން: 12 މައްސަލަ
* އެހެނިހެން: 9 މައްސަލަ
* ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7 މައްސަލަ
* އެހެންމީހަކަށް ހެދިގެން އޮޅުވާލުން: 3 މައްސަލަ

މީގެއިތުރުން ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނީ މިފަދަ ސްކޭމްތަކުގައި، ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަ ނޫން ސްލިޕް ފޮނުވައި، ކުއްލި ބޭނުމަކު ބުކިންގ ކެންސަލްކުރަން ޖެހުނުކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރު ކުރުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

އަދި ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޕޮލިސް ލައިފް" ގެ ހާއްސަ އަދަދު މިއަދު ނެރެފިޚަބަރު | 17 ގަޑިއިރު ކުރިންޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން 25 އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިޚަބަރު | 2 ދުވަސް ކުރިންވަޒީރު އިޙްސާންއާއި ސީޕީއާއެކު ފުލުހުންގެ ބަދަހި ސަފުތައް ދައްކާލައިފިޚަބަރު | 2 ދުވަސް ކުރިން