logo
MPL

MPL

ޚަބަރު

މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 92،000 ރުފިޔާ އަތުލި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޯގަސްޓު 2026 - 15:13
ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައަކީ މި މަހުގެ 17 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެކެވެ. މި ފައިސާ އަތުލާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ (OTP) ކޯޑު ހިއްސާކުރުމުން ހިންގި ގޮތް ނޭނގޭ ޓްރާންސެކްޝަނެއް މެދުވެރިކޮށެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި ތަހުގީގީ މަސައްކަތުން ވަނީ ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި މިކަމުގައި ބައިވެރިވި އިތުރު މީހަކު ދެނެގަނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ، ފައިންޕާކް، އުމުރުން 23 އަހަރުގެ މުހައްމަދު ފަޒީލާއި، ގދ. ފިޔޯރީ، ފައިންބީޗް، އުމުރުން 23 އަހަރުގެ އަބްޝަރު ރަޝީދެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާއިރު، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އެއްވެސް ފަރާތަކާ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންހައިވޭގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | ދުވަހެއް ކުރިންސްކޭމް މައްސަލަތަކުގައި މިދިޔަ ހަފުތާ ފަސްލައްކައާ ގާތަށް ފައިސާ ގެއްލުނުޚަބަރު | 7 ދުވަސް ކުރިންމިއަހަރުތެރޭ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 11 ދުވަސް ކުރިން