logo
MPL

MPL

ޚަބަރު

ހައިވޭގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޯގަސްޓު 2026 - 05:59
ހައިވޭގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރުއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ހައިވޭގައި ހުރި ހޮޅިދަނޑިތަކުގައި ޖެހިގެންނެވެ. މި ހާދިސާގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ އެފުށްމިފުށަށް ފުރޮޅާލައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި އިނީ ބޮޑު މީހަކާއި ކުޑަކުއްޖެކެވެ. އެ ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެ ދެ މީހުންނަށް މިހާރު ދަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 3 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 4 ދުވަސް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 5 ދުވަސް ކުރިން