logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުތެރޭ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު ނަޝާ
11 އޯގަސްޓު 2026 - 08:12
މިއަހަރުތެރޭ  144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ފާއިތުވެ ދިޔަ ހަތް މަސްދުވަހުގެ މުއްދަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދިވެހިރާއްޖޭގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހިންގި މަސައްކަތްތަކުގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު މުސްލިމް ވިދާޅުވީ، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 1,140 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ.

އެއީ އެވްރެޖްކޮށް ދުވާލަކަށް ފަސް އޮޕަރޭޝަނެވެ. މީގެ ތެރޭގައި މާލޭ އޭރިއާގައި ހިންގި 530 އަށްވުރެ ގިނަ އޮޕަރޭޝަނާއި، ސަދަން ޕޮލިސް ސަރަހައްދުގައި ހިންގި 281 އޮޕަރޭޝަނުގެ އިތުރުން ނޯދަން ޕޮލިސް ސަރަހައްދުގައި ހިންގި 329 އޮޕަރޭޝަން ހިމެނެއެވެ.

މި އޮޕަރޭޝަންތަކުގައި މުޅި ރާއްޖެއިން ޖުމުލަ 1,875 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަށް މީހުންނެވެ. މީގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 760 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސަދަން ޕޮލިސް ސަރަހައްދުން 530 އަށްވުރެ ގިނަ މީހުން އަދި ނޯދަން ޕޮލިސް ސަރަހައްދުން 570 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މީގެއިތުރުން، ތުހުމަތުކުރެވޭ 23,249 މީހަކު މަގުމަތިންނާއި އެކި ތަންތަނުން ބަލާފާސްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުތެރޭ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލައިފިޚަބަރު | ދުވަހެއް ކުރިންހުޅުމާލޭގައި ފުލުހުން ރޯޑްޝޯއެއް ކުރިޔަށް ގެންގޮސްފިޚަބަރު | 2 ދުވަސް ކުރިންކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިން