logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީ

ހުސައިން ވަސީމް
2 މާރިޗު 2025 - 17:54
އައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީ

އައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ މަސައްކަތްކުރަން ފަންނީ ލަފާދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްތްރީން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖާގެ މަސައްކަތަށް ހަދަންޖެހޭ ސަވޭ ހެދުމަށާއި ބްރިޖު މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި ޓެންޑާ ޑޮކިއުމެންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭހެން އެމަސައްކަތަށް ލަފާދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނ ދުވަހުގެ 1:00 ގެ ކުރީން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް(އީއޯއައި) ހުށަހެޅުމަށް އެދޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ

Ad by Hajj Corporation

Ad by Hajj Corporation

އީއޯއައި ހުށަހަޅާއިރު މި ދާއިރާ އިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި އަގު އަދި އެ ކުންފުންޏެއްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން ފަދަ މައުލޫމާތު ހުށަހަޅާން ޖެހެ އެވެ.

ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހިތަދު އާއި ހުޅުދުއާ ދެމެދު އަޅާ ބްރިޖުގެފީސިބިލިޓީ ސާވޭ ނިންމިފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުދޫ، މީދޫ އަދި ފޭދުގެ ވޯޓާސް ލިސްޓް ނެރެ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންއައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތް ބަދަލުކުރަން ނަގާ ވޯޓު މި މަހުގެ 25ގައިޚަބަރު | 6 ދުވަސް ކުރިންއައްޑޫ ސިޓީގެ ސަގާފަތް ދައްކުވައިދޭ އާޓް ގެލެރީއެއް ހުޅުވަނީޚަބަރު | މަހެއް ކުރިންއައްޑޫގައި ކުރިއަށް ގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމާލައިފި ޚަބަރު | މަހެއް ކުރިން