logoEN
ޚަބަރު

ކޫއްޑޫ ރަންވޭގެ އިންސްޕެކްޝަނެއް ހަދަނީ

ކޫއްޑޫ އެއާޕޯޓް

ކޫއްޑޫ އެއާޕޯޓް

އާމިނަތު ސަފާއާމިނަތު ސަފާ

13 އޮކްޓޯބަރު 2024 - 06:14

ކޫއްޑޫ ރަންވޭގެ އިންސްޕެކްޝަންގެ މަސައްކުރުމަށް ޓީމެއް އެރަށަށް ދަތުރުކުރަމުންދާކަމަށް މެންދުރު ޓީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

"މެންދުރު ޓީވީ"އަށް އެނގިފައިވާގޮތުގައި ކޫއްޑޫގެ އިންސްޕެކްޝަންއަށް ޓީމެއް އެރަށަށް ދަނީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ އެންގެވުމަކަށެވެ.

އަދި މިއަދު ރަންވޭގެ އިންސްޕެކްޝަންގެ މަސައްކަތް ނިންމާލުމަށްފަހު އޮޕްރޭޝަން ފެށޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެކަން "މެންދުރު ޓީވީ"އަށް ވަނީ އެނގިފައެވެ.

އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ ކަމަށް ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީންވެސްވަނީ ވިދާޅުވެފައެވެ.

ކޫއްޑުގެ ރަންވޭ ހަލާކުވެ ބޯޓުތައް ޖެއްސުމުގައި ހުރި ދަތިތަކުގެ ސަބަބުން މޯލްޑިވިއަން ގެ ފްލައިޓްތައް ކޫއްޑޫއަށް ވަނީ މެދުކަނޑާލާފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ޙާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީގެއްލުމާ ގުޅިގެން ކަމަށެވެ. މިނިސްޓްރީގެ އިސް ނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަތަކަށް ހައްލު ގެނެސް ވަރަށް އަވަހަށް އަލުން މޯލްޑިވިއަންގެ ދަތުރުތައް ކޫއްޑޫއަށް ފެށޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder