ކޫއްޑޫ އެއާޕޯޓު 16 ގަޑިއިރަށް ހުޅުވައި، ދުވާލަކު ދެ ދަތުރު އަޅަނީ

ކޫއްޑޫ އެއާޕޯޓް
.jpg&w=3840&q=75)
30 އޮކްޓޯބަރު 2024 - 05:44
މި އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށް ކޫއްޑޫ އެއާޕޯޓްގެ އޮޕަރޭޝަން 16 ގަޑިއިރަށް ގެނެސް، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރަން ފަށައިފިއެވެ.
ކޫއްޑޫ އެއާޕޯޓް ބަންދުކުރީ އެ އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން ހަލާކުވެ، ބޯޓުތައް ޖޭއްސުމުގައި ހުރި ދަތިތަކުގެ ސަބަބުން، އެ އެއާޕޯޓަށް ދަތުރުތައް އަޅަމުންދިޔަ މޯލްޑިވިއަން އިން އެ ދަތުރުތައް ހުއްޓާލުމާ އެކުއެވެ.
އެގޮތުން އެ ދަތުރުތައް ހުއްޓާލުމާއެކު، އެ އެއާޕޯޓުގެ ރަންވޭގެ އިންސްޕެކްޝަނެއް ހަދައި، އެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް، އެ އެއާޕޯޓް ހިންގާ ޕްރިސްޓީން ކުންފުނިން ވަނީ ކޮށްފައެވެ.
އޭގެ ސަބަބުން ކޫއްޑޫ އެއާޕޯޓުގެ އޮޕަރޭޝަން މިވަގުތު ހަވީރު ފަހަކުން ހެނދުނު 9 އަށް ކުރާއިރު، މި އަންނަ މަހުގެ ހަތަރަކުން ފެށިގެން 24 ގަޑިއިރަށް އެއާޕޯޓުގެ އޮޕަރޭޝަން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ކޫއްޑޫ އެއާޕޯޓު ބަންދުކުރި ސަބަބާ ގުޅިގެން މީގެ ކުރިން ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ޙާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީ ގެއްލުންތަކާ ގުޅިގެންނެވެ.