ކޫއްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާކޮށްފި

.jpg&w=3840&q=75)
12 އޮކްޓޯބަރު 2024 - 07:45
ގއ. ކޫއްޑޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަޝްވަރާތަކެއް ކޮށްފިއެވެ.
އެކަމާ ގުޅިގެން މިއަދު އޮތް ބައްދަލުވުމުގައި، މޯލްޑިވިއަން، ރީޖަނަލް އެއާޕޯޓްސް އަދި ކަމާ ގުޅޭ ވުޒާރާތަކުން ވަނީ އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
އެގޮތުން "މެންދުރު ޓީވީ"އަށް އެނގިފައިވާ ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ވަނީ އެ އެއާޕޯޓުގެ ރަންވޭއަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް، ޓެސްޓް ފްލައިޓެއް ޖައްސުމަށްފަހު އޮޕަރޭޝަން އަލުން ފެށުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް މަޝްވަރާކޮށްފައެވެ.
އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލަން ނިންމީ، އެ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެވެ. އެކަމުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓެއް ގްރަންޑު ކުރަންޖެހުނު ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެ ކަންތައް ޙައްލުކޮށް، އެ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް އިސްކަމެއްދީ ގިނަ މަސައްކަތްތަކެއް އިދާރާތަކާއި ވުޒާރާތަކުން ދަނީ ގުޅަމުންނެވެ.
އިތުރު ލިޔުންތައް

"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙުކޮށްފި
6 މަސް ކުރިން
މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުވެގެން ފުރުން ލަސްކޮށް، ފަސިންޖަރުން ބާލައިފި
5 މަސް ކުރިން
ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ: އަމީން
5 މަސް ކުރިން